މިމަހުގެ 13 ވަނަ ދުވަހު އެމްއެމްއޭއިން ތައާރަފުކޮށްފައިވާ 50 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް އަންނަ ޑިސެންބަރު މަހު އެކަކުން ފެށިގެން ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. އަދި މިގޮތުން ދިވެހި ރުފިޔާ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު ކަމަށެވެ.
މިނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ކަމަށާއި އަދި މި ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެންބަރު 2022 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.
އަލަށް ޗާފުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.



