ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް މުހިންމު ގިނަ ޚިދުމަތްތަކެއް ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މ. ސަމަރުބްލޫ، އިބްރާހީމް މަނިކު އަވަހާރަވެއްޖެ އެވެ.
އިބްރާހިމް މަނިކު އަވަހާރަވީ އާލާސްކަންފުޅަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެންދުނުގެ ވަގުތެއްގައިކަމަށް ހަބަރު ލިބިފައިވެއެވެ.
އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
ބްރޯޑްކާސްޓިން ދާއިރާއަށް އިބްރާހިމް މަނިކު ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ޙަފްލާގައި ވަނީ ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.



