- Advertisement -ad image

ގަދަ 16އަށް ނުދިޔަ ނަމަވެސް ޓިއުނީސިޔާއިން ގަދަަފަދަ ފްރާންސް ބަލިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕްގައި މިރޭ ގުރޫޕު ސްޓޭޖްގެ ފަހު މެޗްގައި ޓިއުނީސިޔާއިން ފްރާންސް ބަލިކޮށްފި އެވެ.

އެންމެފަހު ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސްގެ އަތުން ޓިއުނީސިޔާ މޮޅުވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. މިއީ އެ ޓީމަށް ލިބުނު ތާރީހީ މޮޅެކެވެ. މިއާއެކު ޓިއުނީސިޔާ ހިމެނިފައިވަނީ 4 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.

ޓިއުނީސިޔާގެ ގޯލު ކާމިޔާބުކޮށްދީފައިވަނީ ޙަޒްރީ އެވެ. އަދި މެޗު ނިމި އިތުރުގަޑީގެ ފަހު މިނިޓްގައި ފްރާންސްއިން ވެސް ވަނީ ގޯލެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލަކީ އޮފްސައިޑެއް ކަމަށް ނިންމާފަ އެވެ.

ގްރޫޕް -ޑީގައި މިރޭ ދެން ބައްދަލުކޮށްފައިވަނީ އޮސްޓްރޭލިޔާ އަދި ޑެންމާކެވެ. މި މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ އޮސްޓްރޭލިޔާއެވެ. އެ ޓީމުގެ ލެކީ ޖަހައިދިން މި ގޯލާއެކު އޮސްޓްރޭލިޔާވެސް ވަނީ ގަދަ 16ގައި ހިމެނިފަ އެވެ.

މި ދެ މެޗާއެކު ވޯލްޑް ކަޕްގައި ގްރޫޕް-ޑީއިން ކުޅޭ މެޗުތައް ވަނީ ނިމިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ