- Advertisement -ad image

އިސްލާމްދީން ވަނީ ހުރިހާ މާނައެއްގައި އަނިޔާވެރިކަން ހަރާމް ކުރައްވާފައި: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

އިސްލާމްދީން ވަނީ ހުރިހާ މާނައެއްގައި އަނިޔާވެރިކަން ހަރާމް ކުރައްވާފައި ކަމަށާއި އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ، އަހުލާގީ ގޮތުން ހުތުރު ސިފައެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ‘ އަނިޔާވެރިންނަށް މާތްالله މުހުލަތު ދެއްވައެވެ’.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އަނިޔާވެރިކަމަކީ އިންސާނާގެ ނަފުސު އަބާއްޖަވެރިކަމާއި ނަރަކާގެ ގަދަފަދަ އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާއި އެއީ އުއްމަތްތައް ހަލާކު ކުރެއްވުމުގެ ސަބަބެއް ކަމަށެވެ.
“ ކަންމިހެން އޮތް ނަމަވެސް އަނިޔާވެރީންނާއި، ފާސިދު ނުބާ މުޖުރިމުން ހަލާކު ނުކުރައްވާ އެއުރެންނަށް މާތްالله މުހުލަތުދެއްވަނީ ކީއްވެ ހެއްޔެވެ؟ އިސްލާމްދީނާމެދު ޝައްކު އުފައްދައި ދީނަށް ފުރައްސާރަކުރާ މީހުންގެ ފަރާތުން މިފަދަ ސުވާލުތައް ވަރަށް ގިނައިން އިވެއެވެ”.

ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ އަނިޔާވެރީންނަށާއި، ފާސިދުންނަށާއި، އެކަލާނގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާންގެއެވެ. ނަމަވެސް މާތް ﷲ އެއުރެން ކުރާ އަނިޔާތަކާމެދު އިހުމާލުވެ ޣާފިލުވެވޮޑިގެނެއް ނުވެތެވެ.
އަނިޔާވެރިއަކު މީހަކަށް ހަމަ އަނިޔާއެއް ކުރާ އިރަށް އެމީހަކަށް އުޤޫބާތެއް ވެސް ނުދެއްވާނެތެވެ. ބައެއް ފަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތައުބާވުމަށްޓަކައެވެ. އަނެއްބައިފަހަރަށް އޭނާއަށް ޢުޤޫބާތް ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ