ގައުމީ އެއަލައިން މޯލްޑިވިއަން އިން ދެމުންގެންދާ ހިދުމަތްތަކުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މިރޭ ބާރައިން ފެށިގެން މޯލްޑިވިއަންގެ ނޯޝޯ ފީ އާއި ބަގޭޖް އެކްސަސް ފީ ވަރަށް ބޮޑުތަނުން އަގުބޮޑުވާނެއެވެ. އެގޮތުން ކުރިން ނޯޝޯގެ ގޮތުގައި ނަގަމުން އައީ 150 ރުފިޔާ މީހަކަށް ނަމަވެސް މިރޭ ދަންވަރު ބާރައިން ފެށިގެން ނޯޝޯގެ ގޮތުގައި މީހަކަށް 300 ރުފިޔާގެ އިތުރަށް ޖީއެސްޓީވެސް ނަގާނެއެވެ.
އަދި ބަގޭޖް އެކްސެސްގެ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އެކި އަގު ހުރި ނަމަވެސް ކުރިން ބާރަ ރުފިޔާ ބަރުވާ ކޮންމެ ކިލޯއަކަށް ދެއްކި ނަމަވެސް މިރޭ ބާރައިން ފެށިގެން ބަރުވާ ކޮންމެ ކިލޯއަކަށް 36 ރުފިޔާގެ އިތުރަށް ޖީއެސްޓީވެސް ނަގާނެއެވެ.
ކުރިއަށް އޮތީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ދަނީ މިހާރުވެސް ރަށްރަށަށް ދަތުރުކުރުމުގެ ތައްޔާރީތައްވަމުންނެވެ.




ނިމުނީ ދަތުރު ކުރުން ދެން ދަތުރު ކުރާނީ ނާލު ބޯޓުގަ
ސާބަސް މޯލްޑިވިއަން.ތިކަން ކުރަން މާލަސްވެއްޖެ.ރައްޔިތުން ފެލަންވީ ގައުމު ހިންގަން އެބަޖެހޭވިއްޔާ.އެއްގޮތުން ނުވިއްުާ އަނެއްގޮތުން. ސަރުކާރު ހިއްސާވާ ކުންފުންޏެއް ވިއްޔާ ބަލާނެ ރައްޔިތުން ޖީބަށް އަތްބާނައިގެން ނަމަވެސް އެއްޗެއް ނެގޭތޯ.ރައްޔިތުން މިވަރަށް ފެލައިގެން އުޅޭ އިރުވެސް ޚިދުމަތް ރަނގަޅެއްނުވޭ.
ނޯޝޯ ނަމުގެ ނަމުގެ ނަގާލަރި 300 ރ ނަގާތާމިހާރުވެސް 3 މަހައްވުރެން ގިނަވެއްޖެ…މިއީ އޮޅުވާލުމެއް.