މިހާރު ކުރިއަށްދާ ވަލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ގޯމޭ ފައިންޑައިން ރެސްޓޯރަންޓުން ކެއުމުގެ ފުރުސަތު ހޯދިދާނެއެވެ.
ހިރާސް އާއި ގޯމޭއިން ކުރިއަށް ގެންދާ ‘ ގެސް ދަ ސްކޯ’ ގައި ބައިވެރިވެ ނަތީޖާ ދިމާކޮށްލައިގެން ގޯމޭ ރެސްޓޯރަންޓްގެ މީރު ޑިޝްތަކަށްއިންސާފު ކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.
އެގޮތުން ނުވައެއް ޑިސެމްބަރުވާ ހުކުރު ދުވަހުން ފެށިގެން ވޯލްކަޕްގެ ފައިނަލް މެޗާ ހަމައަށް މި ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.
ކޮންމެ މެޗެއްގެވެސް ސްކޯ ދިމާކުރުމުގެ ފުރުސަތު ލިބޭނީ މެޗު ފެށެންދެނެވެ. ސްކޯ ދިމާ ކުރާ ފަރާތް އެއް ފަރާތަށްވުރެ ގިނަ ވެއްޖެނަމަ ދެން ނަސީބުވެރިޔާ ހޮވާނީ ގުރުއަތަކުންނެވެ.
ގޯމޭ ފައިންޑައިން ރެސްޓޯރަންޓަކީ ތަފާތު އެކި ރަހަތަކުގެ މީރު ކާއެއްޗެހި އޯޑަރުކޮށްލުމަށް ނުވަތަ ރެސްޓޯރަންޓަށް ގޮސްގެންވެސް އިންސާފުކޮށްލުމަށްވެސް މިވަގުތު މާލޭގައި ހުރި އެންމެ ސަޅި އެއް ތަނެވެ.



