- Advertisement -ad image

ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާލިބެން އޮތް ކަމެއް އެނޫންގޮތަކަށް ކުރުމަކީ ކޮރަޕްޝަން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވައިލަން އެންމެ އުދަނގޫ އެއް ވަބާއަކީ، ރިޝްވަތުގެ ވަބާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގެ މިއަދުގެ މައުޟޫއަކީ “ ރިޝްވަތަކީ ބޮޑުވެގެންވާ ފާފައެއް “ މިއެވެ.
ހުތުބާގައި ވަނީ ރިޝްވަތުގެ ނުބާކަމާ ރިޝްވަތު އުފުލާ މީހާއާއި ރިޝްވަތުދޭ މީހާގެ ނުބައިކަން ދީނުގައި އޮންނަގޮތް ހާމަކޮށްފައެވެ.
އެގޮތުން ރިޝްވަތަކީ ހައްގު ނޫންގޮތަކަށް ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ހޯދައިދިނުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށް ބުނެފައިވެއެވެ.
ތިމާ ނުވަތަ އެހެންމީހަކު ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެހެން އެއްޗެއް ދިން ނަމަވެސް އެވާނީ ރިޝްވަތައް ކަމަށް ބުނެފައިވެއެވެ.
“ ގަވައިދާ ހިލާފަށް ކަންކަން ނިންމަން ނުވަތަ ކުރުމަށް ދޭ ފައިސާ އާއި ތަކެއްޗާއި ކެއުމާއި ސައި އަދި މިނޫންވެސް މިފަދަ މަންފާތައް ހައްގުނޫން ފަރާތްތަކަށް ހޯދައިދިނުމަށް ދެވޭ ކޮންމެ އެއްޗެއް ވާނީ ރިޝްވަތަށެވެ “ ހުތުބާގައި ބުނެފައިވެއެވެ.
ހަމައެފަދައިން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުންވެސް ރިޝްވަތާއި ކޮރަޕްޝަނަށް ވަންނާނެއެވެ.

“ އަމިއްލަ ނަފުސަށް ފައިދާ ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ހުއްދަ ނޫން މަންފާއެއް ލިބޭގޮތަށް ސަރުކާރުގެ ތަކެތި ބޭނުންކުރުމާއި، ސަރުކާރަށް ތަކެތި ހޯދުމާއި، ސަރުކާރުގެ މަސައްކަތްތައް ހަވާލު ކުރުމަކީވެސް ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތަކެވެ”.

ބައެއް މީހުން ރިޝްވަތުގެ އަމަލު ހިންގަނީ ސިއްރިއްޔާތުގައެވެ. އަނެއް ބަޔަކު މިކަން ކުރަނީ ވަރަށް ފުޅާދާއިރާއެއްގައި ފާޅުކަން ބޮޑުގޮތެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ