- Advertisement -ad image

ރަންބޯޅަ މެސީއަށް ރަން ބޫޓް އެމްބާއްޕެއަށް

ad image

ގުޅުންހުރި ލިޔުންތައް


ރޭ ނިމިގެންދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ލައޮނަލް މެސީ ހޮވިއްޖެއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދީފައިވަނީ ގޯލްޑެން ބޯލް ނުވަތަ ރަންބޯޅައެވެ. މެސީގެ އިންޓަރނޭޝަލް އެންމެ ފަހު މެޗު ކަމަށް ބެލެވޭ މިމެޗްގައި ޖުމުލަ ގޮތެއްގައި އާރޖެންޓީނާ ކުޅުނު ކޮންމެ މެޗެއްގައިވެސް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް ގޯލް ޖެހުމަށް މެސީގެ ފަރާތުން ފެނިގެންދިޔަ އެސިސްޓްތައް ފާހަގަކުރެވެއެވެ.


މުބާރާތުގެ އެންމެ ގިނަ ގޯލްޖަހައިގެން ރަން ބޫޓު ލިބުނީ ފްރާންސްގެ އެމްބާއްޕެއަށެވެ. ފައިނަލް މެޗުގައި އެކަނިވެސް އެމްބާއްޕެގެ ތިން ގޯލް ފެނުނެވެ. ޖުމުލަ 8 ގޯލް މުޅި މުބާރާތުގައި އެމްބާއްޕެ ވަނީ ފްރާންސަށް ޖަހައިދީފައެވެ. 24 އަހަރުގެ އެމްބައްޕެ އަކީ އަރަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ.

މިރޭގެ ފައިނަލްގައި އެމްބާޕޭ ޖެހި ތިން ލަނޑާއެކު އޭނާ ވަނީ 1966 ގެ ފަހުން، ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. 

ވޯލްޑްކަޕްގެ ގޯލްޑެން ގްލޯވް ނުވަތަ ރަން އަންގި ލިބުނީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނީ މާޓިނޭޒް އަށެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަފާގު މާޓިނޭޒްއަށް ލިބުނު އިރު ފައިނަލް މެޗްގައިވެސް މާޓިނޭޒް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓުގައިވެސް މާރޓިނޭޒްގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ.


މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ އާޖރންޓީނާގެ އެންޒޯ ފެނާންޑޭޒް އަށެވެ. ގަތަރު ވޯލްޑްކަޕް 2022 ގެ ޗެމްޕިއަންކަން އާރޖެންޓީނާ ހޯދިއިރު 2018 ވަނަ އަހަރުގެ މުބާރާތުން ފްރާންސް ސެމީއަށް ދިޔައީ އާރޖެންޓީނާ ބަލިކޮށްގެންނެވެ. އާރޖެންޓީނާގެ މި މޮޅާއެކު ދުނިޔޭގެ ޗެމްޕިއަންކަން އެ ޓީމުން ތިން ވަނަ ފަހަރަށް ކާމިޔާބު ކުރީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ