- Advertisement -ad image

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދަންޖެހުނު ފައިސަލް މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހދ ނޮޅިވަރަމްގައި މަރާލާފައި އޮތްވާ ފެނުނު ނިޝާމާގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި އަބޫބަކުރު ފައިސަލް މަރުވެއްޖެއެވެ.
ފައިސަލް މަރުވެފައިވަނީ އޭނާ ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން މިއަދު ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އަބޫބަކުރު ފައިސަލް މިއަދު 8:28ގައި މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.

ނިޝާމާގެ މަރާ ގުޅިގެން ފައިސަލް ހައްޔަރު ކޮށްފައި ހުއްޓާ ދަން ޖެހުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ފައިސަލް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

އުމުރުން 28 އަހަރުގެ ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ