އިޒްރޭލު ސިފައިންގެ ހައްޔަރުގެ ދަށަށް ގެންދިޔަ ފަލަސްތީނު މީހަކަށް ކެންސަރުޖެހި ފަރުވާ ނުލިބުމުގެ ސަބަބުން މަރުވެއްޖެ އެވެ.
މިއަދު ތެލްއަވީވުގައި ހުންނަ އައްސާފް ހޮރޭފީ އިޒްރޭލް ހޮސްޕިޓަލްގައި މަރުވެފައިވަނީ ވަނީ 50 އަހަރުގެ ނަސީރު އަބޫ ހަމީދު އެވެ. 2002 ވަނަ އަހަރުން ފެށިގެން އިޒްރޭލު ސިފައިންގެ ހައްޔަރުގެ ދަށުގައި ހުރި އަބޫ ހަމީދަށް ޖެންސަރު ޖެހުނު ފަހުން އަހަރެއް ވެއްޖެއެވެ.
އަބޫ ހުމައިދަށް އަށް ކެންސަރު ޖެހިފައި ހުރިކަން އެނގިތިބެ ވެސް އިޒްރޭލު ސިފައިން ވަނީ އޭނާއަށް ފަރުވާ ނުދީ ހިފަހައްޓާފަ އެވެ. އަދި އާއިލާއިން އެތައް އާދޭހެއްކޮށް ކެމްޕެއިންނެއް ކުފި ފަހުން ސެޕްޓެމްބަރު އަބޫ ހަމީދު ވަނީ ކީމޯތެރަޕީއަށް ފޮނުވާފަ އެވެ. އެހެންނަމަވެސް ޑޮކްޓަރުން ބެލުމަށްފަހު މިހާރު ފަރުވާ ދިނުމަށް މާލަސްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އަބޫ ހުމައިދަށް ޖެހިފައިވަނީ ފުއްޕާމޭގެ ކެންސަރުގެ އެޑްވާންސް ސްޓޭޖެވެ. ފަރުވާ ހޯދައިދިނުމަށް އޭނާގެ އާއިލާއިން ވަނީ އެތައް މަސައްކަތެއް ކޮށްފަ އެވެ. އަދި އެންމެ ފަހު ވަގުތު އަބޫ ހަމީދު އާއިލާގެ ގާތުގައި ބެހެއްޓުމަށްވެސް ވަނީ އާދޭސްކޮށްފަ އެވެ.
އަބޫ ހުމައިދަކީ ފަތާހް ޕޮލިޓިކަލް ޕާޓީގެ ކަނާތު ގޮފީގެ ކުރީގެ ލީޑަރެވެ. އޭނާއަށް އިޒްރޭލުން ވަނީ ފަލަސްތީނުން އިޒްރޭލަށް ހަމަލާދިންކަމުގެ ތުހުމަތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ކެންސަރުބަލީގައި މަފުވު އަބޫ ހުމައިދުގެ ހަށިގަނޑު އަދިވެސް އޮތީ އިޱްރޭލްގެ ބާރުގެ ދަށުގަ އެވެ. އިޒްރޭލުންގެ އިހްމާލުން އަބޫ ހުމައިދު މަރުވުމާއި ގުޅިގެން ގިނަ ފަލަސްތީނު ރައްޔިތުން އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.



