ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހޯދަން ފަށައިފިއެވެ.
އެގޮތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހޯދަމުންދަނީ އުމުރުން 38 އަހަރުގެ ސުމޯން ޗަންދުރަ ސަހާ އެވެ.
ފުލުހުން ބުނީ މި މީހާ ހޯދަން އިއުލާނުކުރީ، ފުލުހަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި ސްޕޮންސަރ އަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށެވެ.