ހެންވޭރު ގެއެއްގައި ދެމީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާ އެކަކަށް ފަރުވައިދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިއަދު 12:21 ގައި ލިބިފައިވާ ކަމަށެވެ.
މިމާރާމާރީގައި ޒަހަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އަދި މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިހާތަނަށް ބެލިބެމުން މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.