މިއަދުގެ ރީތި ތާރީހުގައި ފެމިލީ ކޯޓުން 58 ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.
މިއަދުގެ ތާރީހަކީ 22-12-22 އެވެ. ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ.
ފެމިލީ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 25 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި 33 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ނުރަސްމީ ގަޑީގައި ކަމަށެވެ.

ފެމިލީ ކޯޓުން ވަނީ މިއަދު ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށްދާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަޤްޞަދުގައި ކައިވެނި ޑިވިޜަންގެ މަގާވީ ފަރާތުގައި ޓެންޓު ވެސް ޖަހާފައެވެ.



