ބޭބެއަށް ހަމަލާދީގެން ހައްޔަރުކުރި ކޮށްކޮގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ކޮއްކޮ ބޭބެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ބުދަ ދުވަހުއެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ދެމީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާ މީހަކަށް ފަރުވައިދޭން ފެށީ ބުދަ ދުވަހު ކަމަށެވެ.
މިމާރާމާރީގައި ޒަހަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އަދި މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިހާތަނަށް ބެލިބެމުން މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.