ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ޓްވިޓާ ޑައުންވެ ގިނަ ބަޔަކަށް މި އެޕް ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަތި ވެއްޖެ އެވެ.
ޓްވިޓާއިން އިއްޔެއިން ފެށިގެން ލޮގިން ވުމަށް މަސައްކަތް ކުރަމުންދިޔަ ގިނަ ބަޔަކަށް އަންނަމުންދަނީ އެރޯ މެސެޖެކެވެ. އަދި މީގެ ސަބަބުން މިހާތަނަށް 8700އަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވާކަމަށް ޑައުންޑިޓެކްޓަރއިން ވަނީ ޓްރެކް ކޮށްފަ އެވެ.
ޑައުންޑިޓެކްޓަރއިން ކުރި ޓްވީޓެއްގައި ވާގޮތުން މިގޮތަށް މީހުން ރިޕޯޓުކުރަން ފަށާފައިވަނީ އިއްޔެ 7:13އިން ފެށިގެންނެވެ.
ޓްވިޓާ ޑައުންވެފައިވަނީ މި އެޕްގެ ހިދުމަތް ރަނގަޅަށް ފޯރުނުކޮށްދެވޭ ޤައުމުތަކަށެވެ. އަދި މޯބައިލް ފޯނާއި ކޮމްޕިއުޓަރުން ޓްވިޓާއަށް ވަންނަން އުޅުމުން ލިބޭ މެސެޖު ތަފާތުކަމަށް ބައެއް މީހުން ރިޕޯޓުކޮށްފައި ވެއެވެ.
އޮކްޓޫބަރ މަހު އިލޯން މަސްކް ޓްވިޓާ ގަނެފައިވަނީ 44 ބިލިޔަން ޑޮލަރަށެވެ. އިއްޔެ އިލޮންވަނީ “ވޯކްސް ފޯރ މީ” ޖަހާފައި ޓްވީޓެއް ކޮށްފައެވެ.



