ކަންކަމުގައި މާ އަވަހަށް ރިއެކްޓް ކުރުމުން ވެއްޓެނީ ވެރިކަން ކަމަށްބުނެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ނަޝީދަށް މަލާމާތްކޮށްފިއެވެ.
ހިސާން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ކުއްލިކުއްލިއަށް ކަންކަމާ ރިއެކްޓު ކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި، އޭގެ ސަބަބުން ވެރިކަން ވެއްޓިފައި އެބަހުރި ކަމަށެވެ.
ރޭ ނ.ވެލިދޫގައި އޮތް ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ހިސާން ވިދާޅުވީ އޭނާގެ ތަޖުރިބާގައި ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް މާބޮޑަށް ރިއެކްޓު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެގޮތަށް މާ އަވަހަށް މާބޮޑަށް ރިއެކްޓު ކުރުމުން ނުކުންނަ ނަތީޖާއަކީ ބައެއް ފަހަރު ދައުރު ހަމަނުވަނީސް ވެރިކަން ވެއްޓުން ކަމަށް ވިދާޅުވެ ހިސާން ނުސީދާކޮށް ނަޝީދަށް ރައްދު ދެއްވި އެވެ.
މީގެ ކުރިން ނަޝީދަށް ތެދުވެރި އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހިސާންގެ ތާއީދު ރައީސް ސާލިހަށް ބަދަލުވެފައިވަނީ އެމްޑީޕީގެ ޗެއާރޕާސަން އިންތިހާބާ ހިސާބުންނެވެ. މިހާރު ރިޔާސީ ޕްރަްިމަރީގެ ފޯރި އެމްޑީޕީގައި ގަދަވެފައިވާއިރު ނަޝީދަށް އެއްޗެހި ކިޔާ މިީހުން ގިނަވެ ރައީސް ސާލިހާއެކު ނިކުންނަ މީހުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.