ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފިއެވެ. މި ކިނބޫ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ކުރަމުންދަނިކޮށް، ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު ކ.ބޮލިދިއްފަރުގެ ދެކުނުފަރާތު ފަރުމަތިން މޫދުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ކުރިމަސައްކަތުން ކިނބޫ ހިފިފައިވަނީ މިއަދު ހެނދުނު 09:15 ހާއިރުއެވެ.
ދިގުމިނުގައި 14 ފޫޓު 4 އިންޗި ހުރި މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފައެވެ.