ހދ. ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފިއެވެ.
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފައިވާ ކަމަށެވެ.
މަހުލޫފު ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ.
ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް ބައެއް މީޑިއާތަކަށް ވިދާޅުވީ، ބަހައްޓާފައި ހުރި ޓާރފުތަކުގައި ރޯކޮށްލާފައިވާ ކަމުގެ ހަބަރު ލިބުނީ ރޭ މެންދަމު 3:30 އެހާކަންހާއިރު ކަމަށެވެ.
އެއީ އަމިއްލައަށް ރޯވެފައިވާ އަލިފާންގަނޑެއް ކަމަށް ނުބެލެވޭ ކަމަށާއި މިއީ ގަސްތުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
އަލިފާނުގެ ސަބަބުން ތާރުތަކުގެ 90 އިންސައްތަ އަނދާ ހުލިވެފައިވާކަމަށްވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.