- Advertisement -ad image

މިއަހަރުގެ ފުރަތަމަ މަހު ރެކޯޑް އަދަދަކަަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ޖެނުއަރީ މަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ބަލާއިރު ޖެނުއަރީ 31 ގެ ނިޔަލަށް ވަނީ 178،159 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ޖެނުއަރީމަހުގެ ކޮންމެ ދުވަހަކު އެވުރެޖްކޮަށް 5566 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 136،146 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ޖެނުއަރީ މަހު ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިންނެވެ. އެގޮތުން އެގައުމުން ވަނީ 24،154 ފަތުރުވެރިން ޖެނުއަރީމަހު ރާއްޖެ އައިސްފައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އިންޑީއާއިން ވަނީ 19،390 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަދި އިޓަލީން ވަނީ ޖެނުއަރީ މަހު 17،159 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ