- Advertisement -ad image

އިންޖީނުތަކުގެ އުމުރު ދިގުކޮށްދޭ ޕެޓްރޯލް 98، “ދަ ހޯކްސް” އިން ތައާރަފުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ވެހިކަލްތަކުގެ އިންޖީނުގެ މެއިންޓަނެންސް ކުޑަކޮށްދޭ، ވެހިކަލްތަކުގެ އުމުރު ދިގުކޮށްދޭ ‘އޮކްޓޭން 98′ ޕްރިމިއަމް ޕެޓްރޯލް މުޅިން އަލަށް ރާއްޖެއަށް ‘ދަ ހޯކްސް’ އިން ތައާރަފުކޮށްފިއެވެ.
އެގޮތުން ދަ ހޯކްސް އިން ތައާރަފުކޮށްފައިވާ ޕެޓްރޯލް 98 ވެހިކަލްތަކަށް އެޅޭނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހޯކްސްގެ ޕެޓްރޯލް ޝެޑުންނެވެ.
ހިތްގައިމު ރީތި މި ޕެޓްރޯލް ޝެޑަކީ ކަސްޓަމަރުންނާއި ރައްޓެހި ގިނަ ހިދުމަތްތަކެއް ލިބެން ހުރި ތަނެކެވެ.

ތެޔޮ އުފައްދާ ދުނިޔޭގެ ކުންފުނިތަކުން ބުނާ ގޮތުން މިވައްތަރުގެ ތެލުން އިންޖީނުގެ ޕާރފޯމަންސް، ޕަވަރު އަދި އެފިޝިއަންސީވެސް މަތިކޮށްދޭނެއެވެ.
އަދި އިންޖީނަށް ކުރާ މެއިންޓަނަންސް ހަރަދުވެސް އެތައް ގުނަ އެއް ކުޑަކޮށްދޭނެއެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ގެންގުޅެނީ ޑެމިއޯ، އަކުއާ، ވިޓްޒް، ނޯޓު ފަދަ ކާރުތައް ކަމަށްވާއިރު ކާރު އުފައްދާ ދުނިޔޭގެ ކުންފުނިތަކުންވެސް އެންމެ ދަށްވެގެން އޮކްޓޭން ރޭޓިން 95 ހުންނަ ޕެޓްރޯލް ބައެއް ކާރު މޮޑެލްތަކަށް އަޅަން ރިކޮމެންޑް ކުރެއެވެ.

ލަގްޒަރީ އަދި ސްޕޯޓްސް ކާރުތައްވެސް ރާއްޖޭގައި މަދުން ނަމަވެސް ގެންގުޅޭއިރު ހޯކްސް އިން ތައާރަފު ކުރި ޕެޓްރޯލް 98 އަކީ މީގެތެރެއިން ގިނަ ކާރުތަކަށް އަޅަން އެންމެ އެކަށީގެންވާ ތެލަށް ވާނެއެވެ.

ޕެޓްރޯލް ޕްރިމިއަމް 98 ގެ ވިއްކަނީ 19.90 ރުފިޔާއަށެވެ. ހޯކްސްގެ މި ޕެޓްރޯލް ޝެޑްގައި ރާއްޖޭގެ ފުރަތަމަ ފުލީ އޮޓޯމެޓެޑް ކާރު އަދި ސައިކަލު ދޮވެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. ހޯކްސްގެވޕެޓްރޯލް ޝެޑުން ގާތްގަނޑަކަށް 8 މިނެޓާއި 10 މިނެޓްގެ ތެރޭގައި ކާރެއް ދޮވެވޭއިރު އަދި ސައިކަލު ދޮންނަން އާންމުކޮށް ނަގާނީ 4 ނުވަތަ 5 މިނެޓެވެ.

ފިއުލް ސްޓޭޝަނަށް ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ”ޗަޓް އެންޑް ގޯ ޕްރިޕެއިޑް ކާޑް“ އެއްވެސް ހޯކްސް އިން ވަނީ ތައާރަފްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ