- Advertisement -ad image

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޑޮމެސްޓިކް ފްލައިޓްތަކަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެތެރޭގެ ދަތުރުތަކަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި އެވެ.

ވީއައިއޭ އިން އެތެރޭގައި ދަތުރުކުރާ ފަސިންޖަރުންނަށް މިހާރު ސެކިއުރިޓީ ޗެކްޕޮއިންޓްތަކުގައި އެއާލައިން ޓިކެޓް ގަތުމާއި، ޗެކްއިން ކުރުމާއި، އައިޑެންޓިފިކޭޓް ކުރުމަށް މުއްދަތު ހަމަނުވާ މި ލިޔެކިޔުންތައް ބޭނުން ކުރެވޭނެއެވެ.

ޕާސްޕޯޓު
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑު ނުވަތަ ޑިޖިޓަލް އައިޑީ ކާރޑު
ވޯރކް ވިސާ ކާރޑު ނުވަތަ ޑިޖިޓަލް ވޯރކްވިސާ ކާރޑު
ލައިސަންސް ކާރޑު ނުވަތަ ޑިޖިޓަލް ލައިސަންސް ކާރޑު
އެއަރޕޯޓު ސެކިއުރިޓީ ފާސް
ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯއަކާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ރަސްމީ ލިޔުމެކެވެ.
މިފިޔަވަޅު އަޅާފައިވަނީ ޑޮމެސްޓިކް ފްލައިޓްތަކުގައި ފަސިންޖަރުން ޗެކް އިން ކުރުމަށް ވީއައިއޭ އިން ފުޅާ ދާއިރާއެއްގައި އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްތައް ބަލައިގަތުމުގެ ހުއްދަ ދީ ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލާއަކާ ގުޅިގެންނެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ