- Advertisement -ad image

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް އޮކްޓޫބަރުމަހު ރާއްޖެއަށް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް އަންނަ އޮކްޓޫބަރުމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން އިނގިރޭސިވިލާތުގެ މި އެއަރލައިންގެ ފުރަތަމަ ދަތުރު އޮކްޓޫބަރު 22 ވަނަ ދުވަހު ކުރުމަށް ނިންމައި މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ.

ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވަނީ ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި ވެލާނާއާ އެއަރޕޯޓް ދެމެދުއެވެ.

ޔޫރަޕްގެ ފިނި މޫސުމާއި ދިމާކޮށް، ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަަށް ފެށުމަށް ތާވަލުކޮށްފައިވާއިރު، އެއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްވަރެވެ. އަދި އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް ޤައުމުވެސްމެއެވެ. އެގޮތުން މިިދިޔަ އަހަރުވެސް ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10 އިންސައްތައެވެ.

މިހާރު ރާއްޖެއަށް 36 އެއަރލައިނަކުން ދަނީ ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ