- Advertisement -ad image

ސްނެޕް ސްޓްރީކް ގެއްލިއްޖެނަމަ އަނބުރާ ލިބޭނީ ފައިސާ ދައްކައިގެން!

ad image

ގުޅުންހުރި ލިޔުންތައް

ސްނެޕްޗެޓް ބޭނުންކުރާ މީހުންނަށް މިފަހަރު އޮތީ ވަރަށް އުފާވެރި ހަބަރެކެވެ. ސްޓްރީކް ގެއްލުނަސް ފައިސާ ދައްކައިގެން މިހާރު އެ ސްޓްރީ ހޯދޭނެ އެވެ.

ސްނެޕްޗެޓް ސްޓްރީކް ފެށޭނީ ޤަވާއިދުން ސްނެޕް ފޮނުވާތާ 24 ގަޑިއިރުތެރޭގަ އެވެ. އެހެންނަމަވެސް ސްނެޕް ނުފޮނުވާނަމަ ބައެއް ފަހަރު ސްޓްރީކް ގެއްލެން ވެސް ދިމާވެއެވެ. މިއީ ބައެއް މީހުންނަށް ތަހައްމަލްކުރަން ދަތި ހިތްދަތިކަމެއް ލިބޭކަމެކެވެ.

ނަމަވެސް ސްނެޕްޗެޓުން ވަނީ މި މީހުންގެ ހިތްދަތިކަމަށް ނިމުމެއް ގެނެސްދީފަ އެވެ. ކޮންމެ ކަމަކަށްވެސް އަގު އަދާކުރަން ޖެހޭނޭ ބުނާ ފަދައިން ގެއްލިއްޖެ ސްޓްރީކެއް އަނބުރާ ހޯދާނަމަ ޖެހޭނީ ގަންނާށެވެ.

ސްނެޕްޗެޓުން ވަނީ އަލަށް ސްޓްރީކް އަނބުރާ ހޯދާނަމަ ފުރަތަމަ ފަހަރު ހިލޭކޮށްދީފަ އެވެ. އޭގެފަހުގައި ހޯދާ ކޮންމެ ސްޓްރީކް އަކަށް 0.99 ސެންޓް ދައްކަން ޖެހޭނެ އެވެ.

ސްޓްރީކް ގެއްލެން އުޅޭ ކަން އެނގޭ ނަމަ އެ އެޕް މެދުވެރިކޮށް އެނގެއެވެ. އެގޮތުން އެޕްގައި ސްޓްރީކް ގެއްލެމުންދާ މީހާގެ ކަނާތް ފަޅިން “ދަންފުޅި”އެއް ފެނިގެން ދާނެއެވެ. ސްނެޕްޗެޓް ދަންފުޅި ގާތްގަނޑަކަށް 4 ގަޑިއިރު ނުވަތަ އެއަށްވުރެ ކުޑަ ވަގުތު ކޮޅަކާއި ޖެހެން ދެން ހުންނާނެއެވެ.
ދެން ވީ އެ މީހަކަށް ގުޅައިގެން ސްނެޕް ކުރަން އަންގާށެވެ. މިގޮތަށް އެ ވަގުތުކޮޅުތަކުގައި ސެނެޕެއް ނުކޮށްފިނަމަ ސްޓްރީކް ގެއްލޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ