- Advertisement -ad image

ފިނެސްގެ ‘ކުރެއިޒީ ސޭލް’ ހަމަ މޮޔަވާވަރުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

 ރާއްޖޭގައި ބޫޓާއި އަތްދަބަސް ވިއްކާ މަޝްހޫރު ފިނެސް އިން ކްރޭޒީ ސޭލްގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮންމެ މަހަކުވެސް ކުރިއަށް ގެންދާ މި ސޭލްގައި ހާއްސަ ބޫޓާއި ފައިވާންތަކަކުން 50 އިންސައްތަ އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެކަމަށް ފިނެސްއިން ބުނެއެވެ. އަދި ޑިސްކައުންޓް ދޭ ބާވަތްތަކުގެ ބޫޓާއި ފައިވާން ސްޓޮކް ހުސްވަންދެން ސޭލްކުރިއަށް ދާނެކަމަށް ވެސް ފިނެސްއިން ވަނީ ބުނެފަ އެވެ.

ކޮލިޓީ އަދި ފަހުގެ ޓްރެންޑްތަކުގެ އަތްދަބަސް ވިއްކުމަށް މަޝްހޫރު ފިނެސްގެ އައުޓުލެޓް މާލޭގައި ހުންނަނީ ފަރީދީމަގު ސްޓެޓިކް ކޮމްޕެނީ ކުރިމަތީގައެވެ. ފިނެސްއިން ގަންނަ ކޮންމެ އެއްޗެއްވެސް މާލެ ހުޅުމާލެ އަދި ފެރީ/ބޯޓުތަކަށް ޑެލިވަރީވެސް ކޮށްދެއެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ފިނެސްއިން ވިއްކާ ކޮންމެ އެއްޗެއް ގަނެލަން ބޭނުންވިއަސް އޮންލައިންކޮށް އޯޑަރު ދެވޭނެއެވެ.

ފިނެސްގައި އަންހެން އޮފީސް ބޫޓުގެ ކަލެކްޝަންއާއި ޕާޓީ އަދި ހާއްސަ ކަންކަމަށް އަރާ ފައިވާނާއި ބޫޓުގެ އެކި ބްރޭންޑްތަކުގެ އިތުރުން މަޝްހޫރު ކްރިސްބެލާ ބްރޭންޑްގެ އަތްދަބަސް ވެސް ލިބެން ހުރެއެވެ.

އަދި ވަރަށް އަވަހަށް ކްރިސްބެލާ ބްރޭންޑްގެ ބޫޓާއި ފައިވާންވެސް ލޯންޗްކުރާނެކަމަށް ފިނެސްއިން ވަނީ ބުނެފަ އެވެ. އަދި މީގެއިތުރުންވެސް ވަރަށް ހާއްސަ ބްރޭންޑެއްގެ އަންހެން ބޫޓުގެ ކަލެކްޝަނެއްވެސް ލޯންޗްކުރަން ހަމަޖެހިފައިވާކަމަށް ފިނެސްއިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ