- Advertisement -ad image

ކްރިސްބެލާ ބްރޭންޑްގެ ދަބަސް – ބްރޭންޑެޑް، ޓްރެންޑީ އަދި އެހާމެ ސްޓައިލިޝް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

‎ދުނިޔޭގެ ގިނަ އަންހެނުންނެއްގެ މަޤްބޫލުކަން ހޯދާފައިވާ ކްރިސްބެލާ ބްރޭންޑްގެ ދަބަސް މިހާރު އަންނަނީ ރާއްޖޭގައި ވެސް ވިއްކަމުންނެވެ.
‎ދުނިޔޭގެ މަޝްހޫރު ފިލްމީތަރިންވެސް ބޭނުންކުރަމުން އަންނަ މި ބްރޭންޑަކީ ކޮންމެ އުމުރަކާއި ވެސް ގުޅޭގޮތަށް ފަރުމާކޮށްފައިވާ ބްރޭންޑެކެވެ.

‎ދުނިޔޭގެ މަޤްބޫލް އެހެން ބްރޭންޑްތަކާއި އެއް ސަފެއްގައި ފައިހަމަކުރަމުން އަންނަ މި ބްރޭންޑަށް ވަނީ ދުނިޔޭގެ މަޝްހޫރު ޑިޒައިން އެވޯޑްތައް ލިބިފަ އެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް ޑިޒައިން އެކްސެލެންސް އެވޯޑް، ގޯލްޑެން ޕިން ކޮންސެޕްޓް އެވޯޑް، ގުޑް ޑިޒައިން އެވޯޑް ފާހަގަކޮށްލެވެ އެވެ.

‎ފިނެސްއިން ލިބެންހުރި ކްރިސްބެލާ ބްރޭންޑަކީ ދުބާއީ ބޭސްޑް ބްރޭންޑެކެވެ. އަދި މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ އަންހެނުންގެ ސްޓައިލަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ މި ބްރޭންޑް ވަނީ މެދުއިރުމަތީގެ، ޔޫރަޕް، އޭޝިއާ ޕެސިފިކް، ދެކުނު އެމެރިކާ، އުތުރު އެމެރިކާ އަދި އެހެނިހެން ސަރަޙައްދުތަކުގެ 100 އަށްވުރެ ގިނަ ޤައުމު މިހާރު ވެސް ވަނީ ކަވަރުކޮށްފައެވެ.

ދުބާއީގެ ހާއްސަ ލައިފްސްޓައިލުން އިންސްޕަޔާ ވެފައިވާ މި ބްރޭންޑްގެ ކޮންސެޕްޓަކީ ކޯޒީއަދި ލަގްޒަރީގެ ކޮންސެޕްޓެވެ. މީގެ ބޭނުމަކީ ކަނބަލުންނަށް ފެޝަނޭބަލް އަދި ރީތި ލަގްޒަރީ އިހުސާސެއް ގެނެސްދިނުމެވެ.

‎ކްރިސްބެލާ ބްރޭންޑުން ވަނީ ޒަމާނީ ފެޝަން ޓްރެންޑްތަކާއި، ރީތި ފަންނުވެރިކަމުގެ ތެރެއިން ކޮލިޓީ އަދި ރީތި އެތައް އުފެއްދުންތަކެއް ޕޮލިޝްކޮށް މާކެޓަށް ނެރެފަ އެވެ. ކްރިސްބެލާގެ ޑިޒައިން ސްޓައިލަކީ ސިމްޕަލް، ކޮންފަރޓެބަލް އަދި ޓްރެންޑީ ސްޓައިލެކެވެ. 

‎ މި ބްރޭންޑްގެ ސްޓައިލް އާއި ފަރުމާގެ ސަބަބުން، ބޭރުފުށުން ފެށިގެން އެތެރޭގެ ހިސާބަށް، ކޮންމެ އަންހެނަކަށްވެސް އިތުރު ޔަޤީންކަމެއް ލިބިގެންދެއެވެ. މިއީ ކަނބަލުންނަށް އިތުރު ފެޝަން ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ރީތިކަމާއި ސާދާކަމާއި މިނިވަންކަމުގެ ޑިޒައިން ކޮންސެޕްޓާއެކު އެކި ގުރޫޕްތަކުގެ މީހުންނާއި އުމުރުފުރާތަކަށް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮޑަކްޓެކެވެ.

‎މިހާތަނަށް މި ބްރޭންޑްގެ ގިނަ ޑިޒައިން ތައްޔާރުކޮށްފައިވާއިރު، ކޮންމެ ޑިޒައިނަކުން 4 ކުލައާއި 8 ކުލައާއި ދެމެދުގެ ޑިޒައިންސް ލިބެންހުރެއެވެ. މިއީވެސް ގިނަ ބައެއްގެ މެދުގައި މި ބްރޭންޑް މަޤްބޫލްވި އެއް ސަބަބެވެ. އަދި މީގެން ކޮންމެ އަތްދަބަހަކީވެސް އަތުން ފަރުމާކޮށް، ޕްރޮޑަކްޓް ކޮލިޓީ ހިފެހެއްޓުމަށް ހަރުކަށި އުސޫލުތަކެއްވެސް ކަނޑައަޅާފަ އެވެ.

‎ފިނެސްގައި މިވަގުތު ލިބެން ހުރި ކްރިސްބެލާ ދަބަސްތަކުގެ ތެރޭގައި އޮފީސް ތަކަށް ޚާއްސަ ބިޒްނަސް އަދި ސެމީ ފޯރމަލް
ދަބަސް، އާންމު ބޭނުންތަކަށް ޚާއްސަ ކެޝުއަލް އެވްރީޑޭ ދަބަސް، ޓްރެވަލް ކުރަން ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެކި ޑިޒައިން ތަކުގެ ދަބަސް، އަދި މީގެ އިތުރުން ކުދި އަދި މީޑިއަމް ސައިޒްގެ ކެޝުއަލް ކްރޮސްބޮޑީ ދަބަހާއި ޚާއްސަ ހަފްލާތަކަށް ޑިޒައިން ކޮށްފައިވާ ހަވީރީ ދަބަސް އަދި ކްލަޗް ހިމެނޭ.

އާއަހަރު ފެށުމުގެ ގޮތުން ފިނެސް އިން ކްރިސްބެލާ ބްރޭންޑްގެ އޮފީސް ބޫޓާއި ފައިވާން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފިނެސް އިންސްޓަރގްރާމް ޕޭޖުން ކްރިސްބެލާގެ މިވަގުތު ލިބެންހުރި ދަބަސްތައް ފެންނާނެއެވެ. އޯޑަރުކޮށްލަން ބޭނުންނަމަ އޮންލައިންކޮށް އަދި ފިހާރައަށް ގޮސްގެންވެސް ގަނެވޭނެއެވެ. ފިނެސް ފިހާރަ ހުންނާނީ މާލޭގެ ފަރީދީމަގުގައެވެ.

https://instagram.com/finessemv?igshid=MzMyNGUyNmU2YQ==

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ