- Advertisement -ad image

ކަފުނަށް ޖޯކުޖަހައި ނެރުނު ކަލެކްޝަނަށް ފަހު ގިނަ ބަޔަކު ޒާރާ ބޮއިކޮޓްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސްޕެއިންގެ މަލްޓިނޭޝަނަލް ރީޓެއިލަރ ޒާރާ، އިސްރާއީލާ އިޒްރޭލާ ގުޅުން އޮތުމުގެ ސަބަބުން ބޮއިކޮޓް ކުރަން ފެށި ބްރޭންޑްތަކުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

މި ބްރޭންޑުގެ އާ ކަލެކްޝަން ލޯންޗުކުރުމާ އެކު ގިނަ ބަޔަކަށް ފެނުނީ އެ ޣައްޒާގެ ނުރައްކާތެރި ހާލަތުން ހިތްވަރު ހޯދުމަށް ނެރުނު ކަލެކްޝަންއެއްގެ ގޮތުގަ އެވެ.

އެ ކަލެކްޝަންގެ ޕްރޮމޯޝަނަލް ކެމްޕޭން ކަމަށްވާ “ދަ ޖެކެޓް” ގެ ފޮޓޯތަކުން ފެންނަނީ ހުދު ކުލައިގެ ފޮތިގަނޑެއްގައި އޮޅާފައި ހުރި މެނެކުއިންތަކެކެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ ޣައްޒާގައި ޝަހީދުވަމުންދާ މީހުންގެ ހަށިތައް ވަޅުލުމަށް ބޭނުންކުރާ ކަފުންތަކުން އޮޅާލާފައިވާ ހަށިތަކުގެ ފޮޓޯތަކާ މި ފޮޓޯތައް ވަރަށް އެއްގޮތް ކަމަށެވެ. އަދި ކެމްޕޭނަށް އެފަދަ ނިޝާންތަކާއި ހަށިތަކުގެ މަންޒަރުތައް ބޭނުންކުރުން ގިނަ ބަޔަކު ވަނީ ކުށްވެރި ކޮށްފަ އެވެ.

“ފެޝަނަށް ބެކްޑްރޮޕްއެއްގެ ގޮތުގައި މަރުވުމާއި ބައެއް ހަލާކުވެގެންދާ މަންޒަރުތައް ގެނައުމަކީ ނުބައި ކަމެއް، އޭގެ ބައިވެރިވުން ކަސްޓަމަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ލޭ ކައްކުވާލައިފި. ބޮއިކޮޓް ޒާރާ،” ފަލަސްތީނުގެ އާޓިސްޓް ހަޒޭމް ހާބް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.

ޣައްޒާގެ ހާލަތުގެ ތެރޭގައި ދެއްކި އިހާނެތިކަން ފާހަގަކޮށް އެ ބްރޭންޑް ބޮއިކޮޓް ކުރުމަށް ގޮވާލައި ގިނަ ބަޔަކު ދަނީ މާޔޫސްކަމާއި ރުޅިވެރިކަން ފާޅުކުރަމުންނެވެ.

“އަހަރެމެންގެ ހިތާމައަކީ ކަލޭމެންގެ އެސްތެޓިކް އެއް ނޫން.  މަރުވަމުން އަންނަ ދަރިންނަކީ، ކަލޭމެންގެ ހިތްވަރެއް ނޫން. ކުޑަކޮށް ލަދުވެތިވޭ. އިންސާނިއްޔަތެއް ނެތް،” އެކަކު ލިޔެފައިވެ އެވެ.

އަނެއް ބަޔަކު ވަނީ ހުދު ކުލައިގެ ކަފުންތަކުގައި ފޮރުވިފައިވާ އެމީހުންގެ ލޯބިވާ މީހުންގެ ހަށިތައް ހިފަހައްޓައިގެން ތިބި ފަލަސްތީނުގެ ފޮޓޯތައް ހިއްސާކޮށް، ޒާރާގެ އާ ކަލެކްޝަންގައި ބޭނުންކުރި ބްރޭންޑިންއާ އަޅާކިޔާފަ އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގިނަ ބަޔަކު ވަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބުނެ އަދި ބައެއް ބްރޭންޑްތަކަށް ތާއީދުކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ މަލްޓިނޭޝަނަލް ބްރޭންޑްތަކާ ދެކޮޅަށް ބޮއިކޮޓް ކެމްޕެއިނެއް ފަށާފަ އެވެ.

މި ބްރޭންޑްތަކުގެ ތެރޭގައި މެކްޑޮނަލްޑްސް ކޮކާ ކޯލާ ކޮމްޕެނީ، ކޭއެފްސީ، ސްޓާބަކްސް އަދި އެޗް އެންޑް އެމް ހިމެނެ އެވެ.

ބޮއިކޮޓްގެ ސަބަބުން ސްޓާބަކްސް ފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް އަސަރު ކުރަމުންދާ ކަމަށް ގިނަ ރިޕޯޓްތަކުން ދައްކަ އެވެ.

މި ހަފުތާގެ ކުރީކޮޅު ރިޕޯޓްތައް ބުނާ ގޮތުން ސްޓާބަކްސްގެ އަގުން 11 ބިލިއަން ޑޮލަރަށް ގެއްލުނީ ވިއްކާ މިންވަރު ދަށްވުމާއި ހަޅުތާލުކުރުމާއި ބޮއިކޮޓް ކުރުމުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ