- Advertisement -ad image

އަގު ކޮށްޓްރޯލް ކޮށް ފިޔާ ވިއްކުމަށް އެސްޓީއޯގެ މުހިންމު ފިޔަވަޅެއް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން މުހިންމު ފިޔަވަޅެއް އަޅައިފިއެވެ.

ފިޔާ ލިބުން ދަތިވެފައިވަނީ މޫސުންގޯސްވުމުގެ ސަބަބުން އިންޑިއާއިން އާއްމުކޮށް ފިޔާ ބޭރުކުރުން ހުއްޓާލާފައި އޮތުމުންނެވެ. މިކަމާ ގުޅިގެން ފިޔާބަސްތާއެއްގެ އަގު 800 ރުފިޔާއަށްވެސް އުފުލުނެވެ. އެހެންނަމަވެސް ފިޔަލުގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ވަނީ އިއްޔެ ރާއްޖެއަށް ފިޔާޝިޕްމަންޓެއް އެތެރެކޮށްފައެވެ.

އެގޮތުން އިންޑިއާގެ ޓުޓިކޮރިން އިން މާލޭ ވިޔަފާރި ބަނދަރަށް ދަތުރުކުރި “ނިއުމަތު 2” އިން އެސްޓީއޯގެ ފިޔާ ޝިޕްމަންޓް މިހާރު ވަނީ ހުސްކޮށްފައެވެ. އެސްޓީއޯއިން ބުނީ ފިޔާގެ އަގު ދަށްކުރުމުގެ ގޮތުން ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި 4500 ބަސްތާ ފިޔާ އެތެރެކޮށްފައިވާ ކަމަށެވެ. މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާއްމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ ހާމަކުރެއެވެ. ވިޔަފާރިތަކަށް ފިޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށް ވުރެ ބޮޑު އަގުގައި ނުވިއްކަން އެދިއެވެ. އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށް އެދޭ ކަމަށެވެ.

އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލް ކުރުމާއި އެކު ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބެންދެން ފިޔާ ފޯރުކޮށް ދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ