- Advertisement -ad image

ރާއްޖެއަށް އެންޓަރ އެއާގެ ޗާޓާ ފްލައިޓްތައް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އެންޓަރ އެއާއިން ރާއްޖެއަށް ދަތުރުކުރާ ފުރަތަމަ ޗާޓާ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޖައްސައިފިއެވެ.

ޕޮލޭންޑްގެ ވޯސޯވް ޗޮޕިން އިންޓަރނޭޝަނަލް އެއާޕޯޓުން އިން މާލެއަށް މި ދަތުރުކުރި ފްލައިޓަކީ އެ ޤައުމުގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ޓުއި ޕޮލޭންޑުން ފަތުރުވެރިން ގެނައުމަށް ޗާޓާކުރި ފްލައިޓެކެވެ.

އެމްއޭސީއެލްގެ މުވައްޒަފުންވަނީ މި ބޯޓު ލޭންޑްކުރި ވަގުތު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެންޓާރ އެއާއިން މިހާރުވަނީ ރާއްޖެއަށް ޗާޓާ ފްލައިޓް ދަތުރުތައް ހުޅުވާލާފަ އެވެ. އެ އެއާލައިނުން ހާމަކޮށްފައިވާގޮތުގައި ޕޮލޭންޑްގެ ވޯސޯވްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި މީހަކަށް ނަގަނީ ގާތްގަނޑަކަށް 787 ޔޫރޯ އެވެ.

އެންޓާރ އެއާ އަކީ ޕޮލޭންޑްގައި ހިންގާ އެންމެ ބޮޑު ޗާޓާ ފްލައިޓް އޮޕަރޭޓްކުރާ އެއާލައިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ