ޗައިނާގެ ޒިއަމެން އެއަރލައިންސް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.
އެގޮތުން ޒިއަމެން އެއަރލައިންގެ ފުރަތަމަ ދަތުރު ބޯއިން 787 މަތިންދާބޯޓު ކާމިޔާބުކަމާއެކު އިއްޔެ ވަނީ ވެލާނާ އިޓަނޭޝާނަލް އެއާޕޯޓަށް ޖައްސާފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ޒިއަމެންް އެއާލައިނުން މިހާރު ކޮންމެ ހަފުތާއަކު ތިން ދަތުރު ޗައިނާއިން މާލެއަށް ކުރަން ހަމަޖެހިފައި ވާކަމަށާއި މި ދަތުރުތަކާއެކު ޗައިނާގެ ދަތުރުވެރިންނަށް ރާއްޖެ އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ބުނެފައެވެ.
އަދި މިއީ އެ އެއާލައިންގެ އައު އޮޕަރޭޝަންތަކުގެ ފެށުން ކަމަށް ބުނެފައި ވެއެވެ.
ޒިއަމެންް އެއާލައިނުންް ރާއްޖެއަށް ހަފްތާއަކު ތިން ޝެޑިއުލް ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ.
މި އެއަރލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރ ދަތުރުތައް ވެސް ދަނީ ކުރަމުންނެވެ.



