މިއަދުގެ ބާޒާރުގައި ފެންނަން ހުރި އެންމެ ފަންކްޝަނަލް އަދި ސްޓައިލިޝް ދަބަސްތަކުގެ ތެރެއިން އެއް ބްރޭންޑަކީ “ލަވްވުކް” އެވެ. މި ބްރޭންޑުގެ ދަބަސްތަކަކީ ޒަމާނީ ފެންވަރުގެ، ޕްރެކްޓިކަލް އަދި ރީތި ޑިޒައިނަކަށް އަހަންމިއްޔަތުކަން ދީގެން ފަރުމާކޮށްފައިވާ ދަބަސްތަކެކެވެ. ބެކްޕެކް، ޓޯޓް އަދި ހޭންޑްބެގް ފަދަ އެކި ބާވަތްތަކުގެ ދަބަސްތައް މި ބްރޭންޑުން އުފައްދައެވެ. މިގޮތުން، ކޮންމެ ބޭނުމަކަށް އަދި ކޮންމެ މުނާސަބަތަކަށްވެސް އެކަށޭނަ ދަބަހެއް ހޯދުމަކީ ދަތިކަމަކަށް ނުވާނެއެވެ.
ރާއްޖޭގައި ލަވްވުކް ދަބަސްތައް ގެނެސް ވިއްކަމުންދާ “ފިނެސް” އިން ބުނިގޮތުގައި މި ބްރޭންޑްގެ ދަބަސްތަކުގެ އެންމެ ބޮޑު ޚާއްޞިއްޔަތަކީ އޭގެ ތަނަވަސްކަމާއި، ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ޖީބުތަކާއި، ދެމިހުންނަ މެޓީރިއަލްތަކުން އުފައްދާފައި ހުރުމެވެ. މިކަމުގެ ސަބަބުން، ކޮންމެ ދުވަހަކު ގެންގުޅުމަށާއި، މަސައްކަތަށް އަދި ދަތުރުފަތުރަށްވެސް މި ދަބަސްތައް ވަރަށް އެކަށީގެންވެއެވެ. ފެޝަނާއި ފަންކްޝަނަލިޓީ އެއްކޮށްލައިގެން އުފައްދާފައިވާ މި ދަބަސްތަކަކީ ރީތިކަމާއި ބޭނުންތެރިކަން އެކުގައި ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ޚިޔާރެކެވެ.




ލަވްވުކް ބްރޭންޑުގެ ޚާއްޞަ ސީރީޒްއެއްގެ ގޮތުގައި މައިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ޑައިޕަރ ދަބަސްތަކާއި ޑައިޕަރ ބެކްޕެކްތައް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ޕްރީމިއަމް ލެދަރ ޑައިޕަރ ބެކްޕެކަކީ ވަރަށް ފަންކްޝަނަލް އަދި ސްޓައިލިޝް އޮޕްޝަނެކެވެ. މި ބެކްޕެކްގައި ހިމެނޭ ޚާއްޞަ ފީޗަރތަކުގެ ތެރޭގައި ލަގެޖް އަދި ސްޓްރޯލަރ ސްޓްރެޕްތަކާއި، ޕޯޓަބަލް ޗޭންޖިންގ ޕެޑް، ޑައިޕަރ ބެހެއްޓުމަށް ޚާއްޞަ މެޝް ޖީބު، ވައިޕްސް ޖީބު، ފޯލްޑަބަލް ވޯޓަރޕްރޫފް ޖީބު، އިންސުލޭޓެޑް ޖީބު، އެންޓި-ބު، އެންޓި-ތެފްޓް ޖީބު އަދި ޔޫއެސްބީ ޗާޖިންގ ޕޯޓެއް ހިމެނެއެވެ.




ދަތުރުފަތުރަށް ޚާއްޞަކޮށްގެން ލަވްވުކުން އުފައްދާފައިވާ ޓްރެވަލް ބެކްޕެކްތަކާއި ޑަފަލް ދަބަސްތަކަކީވެސް ވަރަށް ފަންކްޝަނަލް އަދި ސްޓައިލިޝް އޮޕްޝަންތަކެކެވެ. މި ދަބަސްތަކުގައި ވަކި ޝޫ ކޮމްޕާޓްމަންޓެއް ހިމެނިފައިވާއިރު، ވެންޓިލޭޓެޑް އެއަރ ވެންޓެއްވެސް ހިމެނިފައިވެއެވެ. މީގެ އިތުރުން، ހިލޭ ޓޮއިލެޓްރީޒް ބެގެއްވެސް މި ޑަފަލް ދަބަހާއެކު ލިބެއެވެ.




ލަވްވުކް ބްރޭންޑުގެ އަނެއް މަޝްހޫރު އުފެއްދުމަކީ ޕްރީމިއަމް ލެޕްޓޮޕް ޓޯޓް ދަބަހެވެ. މި ދަބަހަކީ މަސައްކަތްތެރިންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ، ޒަމާނީ އަދި ޕްރެކްޓިކަލް ހައްލެކެވެ. މި ދަބަހާއެކު ކުޑަ ޕައުޗެއްވެސް ހިމެނިފައިވާއިރު، ޓެކްނޮލޮޖީގެ ސާމާނާއި އާންމު ބޭނުންތަކުގެ ތަކެތި އުފުލުމަށް މި ދަބަހަކީ އެންމެ އެކަށީގެންވާ ޙައްލެވެ.




ފިނެސް އައުޓްލެޓުން މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭއިރު، ފެރީތަކަށްވެސް މި ޚިދުމަތް ލިބެން ހުރެއެވެ. ފަރީދީމަގުގައި ހުންނަ ފިނެސް އައުޓްލެޓުން މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުރެއެވެ.
https://www.instagram.com/finessemv?igsh=NWx2ZW1hczExMTQ4
ލަވްވުކް ބްރޭންޑުގެ ދަބަސްތަކަކީ ފެންވަރު ރަނގަޅު، ސްޓައިލިޝް އަދި ފަންކްޝަނަލް އުފެއްދުންތަކެކެވެ. ކޮންމެ ބޭނުމަކަށްވެސް އެކަށޭނަ ދަބަހެއް މި ބްރޭންޑުން ލިބެން ލިބެން ހުރެއެވެ. ޚާއްޞަކޮށް މައިންނަށާއި، ދަތުރުވެރިންނަށާއި، މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ދަބަސްތަކުގައި ހުންނަ ޚާއްޞަ ފީޗަރތަކުގެ ސަބަބުން، މި ދަބަސްތަކަކީ ދިވެހި ބާޒާރުގައި ވަރަށް މަޤްބޫލު އުފެއްދުންތަކަކަށް ވެފައިވެއެވެ. ސްޓައިލިޝް ކަމާއެކު ގެންގުޅެލަން ފަސޭހަ މި ދަބަސްތަކަކީ ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ޙައްލު ކަމަށްވެސް ބުނެވިދާނެއެވެ.