މާލޭގެ އެންމެ ފާހަގަކޮށްލެވޭ ރެސްޓޯރަންޓްތަކުގެ ތެރެއިން އެއް ތަނެއް ކަމުގައިވާ ބްރައިން ރޫފްޓޮޕް ރެސްޓޯރަންޓުން، އައު އަހަރާ ދިމާކޮށް ޚާއްޞަ ޑިނަރ މެނޫއެއް ތަޢާރަފުކޮށްފިއެވެ. މި ރެސްޓޯރަންޓަކީ ތަފާތު ބާވަތްތަކުގެ ކާނާއާއި، ފެންވަރު ރަނގަޅު ހިދުމަތަކާއި އެކު ހިތްގައިމު ވިއުއެއް ފެންނަން ހުންނަ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.
އައު އަހަރުގެ ޚާއްޞަ ޑިނަރ މެނޫގައި ހިމެނެނީ:
ބްރައިންގެ ސިގްނެޗަރ ކޮކްޓެއިލްތައް
ތަފާތު އަދި ރަހަމީރު މައިގަނޑު ކޯސްތައް
ޚާއްޞަ ޑެޒެޓްތައް
އަދި އޭގެ އިތުރުން:
އައު އަހަރާ ގުޅޭ ޚާއްޞަ ބެކްޑްރޮޕެއް
ރިޒަވޭޝަން ހައްދަވާ ބޭފުޅުންނަށް ޚާއްޞަ ޓޭބަލް ޑެކަރޭޝަން
މި ޚާއްޞަ ޑިނަރ ތަޖުރިބާކުރެއްވުމަށް ޝައުޤުވެރިވެލައްވާ ބޭފުޅުންނަށް މިހާރު ވަނީ ރިޒަވޭޝަން ހެއްދެވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ރިޒަވޭޝަން ހެއްދެވުމަށް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން 7344556 ނުވަތަ 7801313 އަށް ގުޅުއްވުން އެދެމެވެ.
މާލޭގެ ސިނަމާލެ ބްރިޖާއި ލޮނުޒިޔާރަތް ޕާކުގެ މަންޒަރު ސާފުކޮށް ފެންނަ، ހިތްގައިމު މާޙައުލެއްގައި ޚާއްޞަ ޑިނަރެއް ތަޖުރިބާކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ބްރައިން ރޫފްޓޮޕްއަކީ އެންމެ އެކަށީގެންވާ ތަނެވެ. ވީމާ، މި ފުރުޞަތު ނުގެއްލުވާ، ވީ އެންމެ އަވަހަކަށް ރިޒަވޭޝަން ހައްދަވާލެއްވާ!