ކުޑަކުދިންގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ލަވޫކް ޕްރީމިއަމް ޑައިޕަރ ހޭންޑްބެގް އަދި ބެކްޕެކް ފިނެސްއިން މިހާރު ވަނީ ވިއްކަން ފަށާފައެވެ.

މި ޑައިޕަރ ދަބަސްތަކަކީ ކުޑަކުދިންނާއެކު ބޭރަށް ދާއިރު ބޭނުންކުރުމަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކޮށްފައިވާ ދަބަސްތަކެއްް ކަމަށް ފިނެސްއިން ބުނެއެވެ. މި ދަބަސްތަކުގައި ކުޑަކުދިންގެ ތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމަށް ބޭނުންވާ ހުރިހާ ޚާއްޞަ ކަމެއް ހިމެނިފައިވާއިރު، މިއީ ފެންވަރު ރަނގަޅު، ސްޓައިލިޝް އަދި ބޭނުންކުރަން ފަސޭހަ ދަބަސްތަކެކެވެ.


ލަވޫކް ޕްރީމިއަމް ޑައިޕަރދަބަސްތަކަކީ މައިންބަފައިންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ، ކުޑަކުދިންގެ ތަކެތި ފަސޭހައިން އުފުލޭނެ ގޮތަށް ހަދާފައިވާ ދަބަސްތަކެކެވެ. މި ދަބަސްތަކުގެ ތެރޭގައި ހޭންޑްބޭގް އަދި ބެކްޕެކް ސްޓައިލްގެ ދަބަސްތައް ހިމެނެއެވެ.


މީގެއިތުރުންވެސް ފިނެސްއިން ލަވޫކް ބްރޭންޑް ގިނަ ވައްތަރެއްގެ ދަބަސް ވިއްކައެވެ. އޭގެތެރޭގައި ޖިމް ދަބަސް، ޕިކްނިކް، ޓޯޓް، ބެކްޕެކް އަދި ސްޓައިލިޝް އޮފީސް ދަބަސްވެސް ހިމެނެއެވެ.
މި ދަބަސްތައް މިހާރު ލިބެން ހުންނާނީ މާލޭގެ ފަރީދީމަގުގައި ހުންނަ ފިނެސް ފިހާރައިންނެވެ.