މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރިތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަފްތާގައި އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިހެވެ. އެގޮތުން މިދިޔަ މަހުގެ 31 އިން ފެށިގެން މި މަހުގެ 6 އާ ހަމައަށް 11،730 ޕެކޭޖުގެ ބިސް ކްލިއަރކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބިހަށްފަހު އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ 7،160 ޕެކޭޖުގެ ފިޔާއެވެ. އަދި އޭގެ ފަހުން އަންނަނީ 5،721 ޕެކޭޖުގެ ކަރާއާއި، 4،559 ޕެކޭޖުގެ އަލުވި، އަދި 3،636 ޕެކޭޖުގެ ޓޮމާޓޯއެވެ. މީގެ އިތުރުން 2،640 ޕެކޭޖުގެ އަލަނާސި، 2،743 ޕެކޭޖުގެ ކެބެޖު، އަދި 1،835 ޕެކޭޖުގެ ދޮންކެޔޮވެސް ވަނީ ކްލިއަރކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ދެ ކޮންޓެއިނަރު އުޅަނދާއި ހަތަރު ޖެނެރަލް ކާގޯ އުޅަނދު ހޭންޑަލްކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. މި އުޅަނދުތަކުން 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ވަނީ ކްލިއަރކޮށްފައެވެ.