ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާ ފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގު ކުރެވި ފިޔަވަޅު އަޅާނެ ކަމަށް ގައުމީ އެއަލައިން މޯލްޑިވިއަނުން ބުނެފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އާ ގުޅޭގޮތުން ބައެއް އާންމުުން ފެންމަތި ކުރުވި ތުހުމަތުތަކަށް އެކަަށޭނަ ޖަވާބެއް ނުދީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއަރލައިންގެ ބޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަކީ އެންމެ އިސްކަން ދޭ ކަންކަން ކަމަށެވެ.
އަދި އައިއޭއެސްއަކީ ސިވިލްއޭވިއޭޝަންގެ ގަވާއިދުތަކާއި އެއްގޮތަށް ހިންގާ ކުންފުންޏެއް ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެއެވެ.
މިފަދަ ބަޔާނެއް މޯލްޑިވިއަނުން ނެރެފައިމިވަނީ ސީޕްލޭންގެ ޕައިލެޓަކު ކޮކްޕިޓްގައި އިނދެ ސިގިރޭޓް ބޯ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އަދި ސީޕްލޭން ދަތުރެެއްގައި ބޯޓްގެ އެއް އިންޖީނު ނިއްވާލި ކަމަށް ބުނެ އެ ބޯޓުން ދަތުރުކުރި ބައެއް ފަސިންޖަރުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.