- Advertisement -ad image

ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 31 އިންސައްތަ އިތުރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ނިމުނު ޖުލައި މަހު ދައުލަތަށް ލިބުނު އާމުދަނީ 31 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނެރުނު ތަފާސް ހިސާބުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީއައިއެފް އަގު 2021 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 56 އިންސައްތަ ވަނީ އިތުރުވެފައެވެ.
2021 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖުލައި މަހު މިއަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ.
އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ

މީގެ އިތުރުން ޔޫއޭއިން ވަނީ 550 މިލިއަން ރުފިޔާގެ މުދާ ޖުލައި މަހު ރާއްޖެއަށް އެތެރެކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ