- Advertisement -ad image

ޝީއިން އިން ރާއްޖެއަށް ނަގާ ޝިޕިން ފީ ބޮޑުކުރީ ސަރުކާރާ ވިޔަފާރިވެރިން ޕްރެޝަރ ކޮށްގެން ތަ؟

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ފެޝަން ވެބްސައިޓް ޝީއިން އިން ރާއްޖެއަށް ގެންނަ މުދަލުގެ ޝިޕިން ފީ ބޮޑުކުރީ ސަރުކާރާ ދިވެހި ބައެއް ވިޔަފާރިވެރިންގެ ޕްރެޝަރު ބޮޑުވެގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސޯސަލްމީޑިއާގައި އާއްމު ފަރާތުން ލިޔެފައިވާ ގޮތުން ބޮޑު ޝިޕިންއެއް ނަގައިގެން ރާއްޖެއަށް މުދާ ފޮނުވަން ސަރުކާރާ ވިޔަފާރިވެރިން ވަނީ ޝީއަށް ޕްރެޝަރ ކޮށްފައެވެ. އަދި މިކަން އެނގުނީ ކިހިނެތްތޯ އެހުމުން ބުނެފައިވަނީ މިއީ މައްސަލާގެ ކަންކަން ވަރަށް ސާފުކޮށް އެނގޭ ސޯސް އަކުން ދިން މައުލޫމާތެއް ކަމަށެވެ.

ރާއްޖެއަށް މުދާ ފޮނުވުމުގައި ބޮޑު ޝިޕިން އެއް ނަގާ ގޮތަށް ޝީއިން އިން ނިންމާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ވަނީ އެއް އައިޓަމަށް 30 ޑޮލަރު އަދި އިތުރުވާ ކޮންމެ އައިޓަމަކަށް 5 ޑޮލަރު ނަގަން ވަނީ ނިންމާފައެވެ.

ހެދުމާއި ބޫޓާއި ދަބަހާއި ފައިވާނުގެ އިތުރުން ގޭތެރެ ޒީނަތްތެރި ކުރާ ސާމާނާއި ބަދިގޭގައި ބޭނުންކުރާ އެތައް އެއްޗިއްސެއް ދިވެހިން ގެންނަމުން އައި ޝީއިން އިން ޝިޕިން ފީގެ ގޮތުގައި ނަގަމުން އައީ، 200 ޑޮލަރަށް ވުރެ ދަށުން ކުރާ ވިޔަފާރިތަކަށް، 24 ޑޮލަރެވެ. އަދި 200 ޑޮލަރަށް ވުރެ މަތި ނަމަ ޝިޕިން ހިލެ އެވެ.

ޝީއިން ރާއްޖެ އަށް ތަކެތި ގެނެސްގެން އާމުދަނީ ހޯދުމަށް އިންސްޓަރގްރާމް މެދުވެރިކޮށް ވެސް ގިނަ ބަޔަކު ވިއްކައެވެ. އަދި މިކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމާ އެކު ގިނަ ބަޔަކު ތިބީ މި ކަމާ ކަންބޮޑުވެފައެވެ.

‘އީދަށް ހެދުމެއް ގަންނަން މާލޭގެ ފިހާރައަކަށް ގޮސް ވަދެ ޓޮޕެއް ވެސް ލިބޭނީ އެންމެ ހެޔޮކޮށްވެސް 250 ރުފިޔާ އަށް. އެކަމަކު ޝީއިން މުދާ ގެނެވޭ ގޮތަށް ވުމުން ހެޔޮ އަގުގައި ގިނަ އެއްޗެހި ލިބެން ފެށުމުން ފިހާރަތަކަށް ގޮސް ވިޔަފާރި ކުރުން ވަރަށް ބޮޑަށް މަދުވިއެވެ. އެހެންވީމާ ވިޔަފާރިވެރިން އަށް ހަޖަމު ނުވަނީ މިކަން’ ޝީއިން އާއްމުކޮށް އެއްޗެހި އޯޑަރ ކުރާ އަންހެނަކު ބުންޏެވެ.

ޝީއިން އަކީ 2008 ވަނަ އަހަރު އުފައްދާފައިވާ ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެމެޒޯން އާ އީބޭ ތަންތަނަށްވެސް ދިވެހި ވިޔަފާރިވެރިންގެ ޕުރެސަރު ވަރަށް ބޮޑުކަމަށް ވަނީ
    އެޕަލް އާ މައިކުރޯސޮފއޓުވެސް ނުހިންގިގެން އުޅެނީ ދިވެހި ވިޔަފާރި ވެރިންގެ ޕުރެސަރާހެދި

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ