- Advertisement -ad image

މި މީހާ ދުބާއީ އަށް ދިޔައީ ހަމައެކަނި އައިފޯން 14 ޕްރޯ އެއް ގަނެލަން

ad image

ގުޅުންހުރި ލިޔުންތައް


އިންޑިޔާގެ ރައްޔިތަކު އައިފޯން 14 ޕްރޯއެއް ގަންނަން ދުބާއީ އަށް ގޮއްސިއެވެ. އިންޑިއާގެ ކޮޗީއަށް ނިސްބަތްވާ ދީރަޖު ޕަލީލީ ބުނި ގޮތުގައި އޭނާ ދުބާއީއަށް ދިޔަ ހަމައެކަނި ބޭނުމަކީ އެޕަލް އިން ނެރެފައިވާ އައިފޯން 14 ޕްރޯ ފޯނު ގަތުމެވެ.
ވިޔަފާރިވެރިއެއް ކަމަށްވާ ދީރަޖު ދުބާއީ އަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އައިފޯން 14 ގަތުމަށް ދިގު ކިއުއެއްގައި މަޑު ކުރަން ޖެހުނު އިރު އޭނާއަށް ފޯނު ލިބުނީ ޕްރިމިއަމް ރީސެލާ މިޑިފް ސިޓީ ސެންޓަރ ދުބާއީންނެވެ.
އައިފޯން 14 ޕްރޯ ގަތުމަށް ދުބާއީ އަށް ދިއުމަށް ދީރަޖު ވަނީ 40،000 އިންޑިއާ ރުޕީސް ނުވަތަ 7763 ރުފިޔާ ޓިކެޓަށް ހޭދަކޮށްފައެވެ.
އަދި އައިފޯން 14 ޕްރޯ ޑީޕް ޕާރޕްލް 512 ޖީބީ އޭނާއަށް ގަންނަން ލިބުނީ 129،000 އިންޑިއަން ރުޕީސް ނުވަތަ 25،035 ރުފިޔާ އަށެވެ.
އައިފޯން 14 ޕްރޯ ދުބާއީގައި ހުންނަ އެޕަލްގެ ފިހާރައިން ވިއްކަން ފެށިތާ 45 މިނެޓް ތެރޭ ވަނީ ވިކު ހުސްވެފައެވެ. އައިފޯން 14 ސީރީޒްގެ ފޯނުތައް އެޕަލްއިން ދައްކާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ