- Advertisement -ad image

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެ އާއި ލަންކާއާ ދެމެދު ފަށަން ތައްޔާރުވަނީ

ad image

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާރލައިން ފްލައި ދުބާއީން މި މަހު ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
ފްލައި ދުބާއީން ބުނީ މި ހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުންފެށިގެން ކޮންމެ ދުވަހަކުވެސް ފުލައިޓް ލަންކާއަށް ބާާއްވާނެ ކަމަށާއި އެ ދަތުރުތަކުގެ ޓިކެޓް މި މަހުގެ 10ވަނަ ދުވަހުންފެށިގެން ވިއްކާނެ ކަމަށެވެ.

މާލެއިން ކޮލަންބޯއަށް ބާއްވާ މި ދަތުރުގެ ފުލައިޓް މާލެއިން ފުރާނީ ހެނދުނު 08:35ގައެވެ. ކޮލަންބޯއިން މާލެއަށް ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:55ގައެވެ.

ފްލައި ދުބާއީން ރާއްޖެއިން ކޮލަންބޯއަށް ފެށުމަށް ނިންމާފައިވާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 737 މަރުކަގެ މަތިންދާ ބޯޓެވެ.

2013 ވަނަ އަހަރުގެ ރާއްޖެއަށް ދަތުރުތައް ފެށި ފްލައި ޑުބާއީ އެއާރއިނުން މިހާރު ވެސް އަންނީ ޑުބާއީން ރާއްޖެއަށް ސީދާ ދައްތުރުތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ