- Advertisement -ad image

ސިމްޑީގެ ‘ބިޔޯންޑް’ ލަގްޒަރީ ލެޝާ އެއަރލައިނުން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރާނެ

ad image

ގުޅުންހުރި ލިޔުންތައް

ސިމްޑީ ގްރޫޕާއި ޔުނައިޓެޑް އަރަބް އެމުރެޓްސް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އަރަބިސްކުއެސްޓް ގުޅިގެން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެރއާލައިންގެ ދަތުރުތައް ދުނިޔޭގެ 60 މަންޒިލަކަށް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން މި ލަގްޒަރީ ލެޝާ އެރއާލައިންގެ ދަތުރުތަކުގައި ބޭނުން ކުރަނީ އޭ 321 ނިއޯސް މަރުކާގެ މަތިންދާބޯޓެވެ.

ބިޔޯންޑް ނަމުން ނަންދީފައިވާ މި އެއާރލައިންގެ ދަތުރުތަކުގައި ބޭނުން ކުރާ އެއާރބަސް އޭ 321 ނިއޯސް މަރުކާގެ މަތިންދާބޯޓުގެ އިންޓީރިއާރ ފަރުމާކޮށްފައިވަނީ ޕްރިމިއަމް ކޮންފާރޓް 68 ޝީޓާއެކު ވަރަށް ލަގްޒަރީކޮށެވެ.

7400 ކިލޯމީޓަރަށް މެކްސިމަމް ސުޕީޑްގައި 830 ކިލޯމީޓަރު ގަޑިއަކު ދަތުރު ކުމުގެ ގާބިލްކަން މި ލަގްޒަރީ އެއާރބަސް އޭ 321 ނިއޯ މަރުކާގެ މަތިންދާބޯޓަށް ލިބިފައިވެއެވެ.

މި އެއާރލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި…
ޕާރސަނަލް ޑުރައިވަރަކާއެކު ޕުރައިވެޓް ލަގްޒަރީ ކާރުގައި އެއާރޕޯޓަށް ޓުރާންސްފާރ ކުރުމުގެ ހިދުމަތް.
ގޭގައި ހުރެގެން ބެގޭޖް ޗެކިން ކުރުމުގެ ހިދުމަތް.
އެއާރޕޯޓް ޕުރިމިއަމް ލައުންޖްގެ ހިދުމަތް.
މީގެ އިތުރުން އޮންބޯޑްގްއި މިޝިލިން ސުޓާރ މެނޫ އަލްޓިމެޓް ލަގްޒަރީ ޓުރެވެލްސްއެވެ.

ބިޔޯންޑް އެއާރލައިނުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ލަގްޒަރީ ލެޝާ ޓުރެވެލްގެ ހިދުމަތް ފެށިކަމުގައި ވީ ނަމަވެސް ރާއްޖޭގައި ޖެޓް އެއާރކުރާފްޓް އޮޕަރޭޓް ކުރި އެންމެ ފުރަތަމަ ޕުރައިވެޓް އެއާރލައިނަކީ މެގަމޯލްޑިވްސްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ