- Advertisement -ad image

ކުރިއަށް އޮތީ އެންމެ ޕީކް ދުވަސްތައް، ބްރިޓިޝް އެއަރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް!

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތުގެ ގައުމީ އެއަލައިން ބްރިޓިޝް އެއަރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ބްރިޓިޝް އެއަރވޭސް އިން ބުނެފައިވަނީ މިމަހުގެ 30 އިން ފެށިގެން
ހަފްތާގެ ކޮންމެ ދުވަހަކު ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓަށް ދަތުރުތައް ބާއްވާނެ ކަމަށެވެ.
އެއަރލައިނުން ބުނެފައިވަނީ މިމަހުގެ 29ގެ ނިޔަލަށް ހަފްތާއަކު ރާއްޖެއަށް ކުރާނީ 4 ދަތުރު ކަމަށެވެ.

މި ދަތުރުތަކުގައި ބްރިޓިޝް އެއާރވޭސް އިން ބޭނުންކުރާނީ 4 ކުލާހުގެ ބޮއިން-777 މަރުކާގެ މަތިންދާ ބޯޓެވެ.

ބްރިޓިޝް އެއާރވޭސްގެ އިކޮނޮމީ ކުލާހުގެ ޓިކެޓް 1447 ޑޮލަރަށް ލިބެން ހުރި އިރު ޕުރިމިއަމް އިކޮނޮމީ ކުލާހުގެ ޓިކެޓް ލިބެން ހުރީ 3065 ޑޮލަރެވެ. މީގެ އިތުރުން ބިޒްނަސް ކުލާހުގެ ޓިކެޓް 4224 އެމެރިކާ ޑޮލަރަށް އެއާރލައިނު އަންނަނީ ވިއްކަމުންނެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ.

2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ޤައުމަކީ އިނގިރޭސިވިލާތެވެ. ކުރިއަށް އޮތީ ފަތުރުވެރި ކަމުގެ އެންމެ ޕީކު ދުވަސް ވަރެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު ޑިސެމްބަރުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ހާއްސަކޮށް އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ