- Advertisement -ad image

ޕިއްޒާ ކިޗަންގެ ދެވަނަ އަހަރީދުވަސް: މުޅިން ހިލޭ ސައިކަލެއް ހޯދުމުގެ ފުރުސަތު

ad image

ގުޅުންހުރި ލިޔުންތައް

ޕިއްޒާ ކިޗަންއަށް ދެއަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މުޅިން ހިލޭ ސައިކަލެއް ހޯދުމުގެ ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.
ޕިއްޒާ ކިޗަންގެ މި ހާއްސަ ފުރުސަތުގައި ބައިވެރިވުމަށް 3 އެކުވެރިއަކު ޓެގުކުރުމަށްފަހު ޕޯސްޓް ޕަބްލިކަށް ފެންނަ ގޮތަށް ޝެއަރކޮށް އަދި ޕއްޒާ ކިޗަންގެ ޕޭޖަށް ލައިކުކުރަން ޖެހެއެވެ.
ބައިވެރިވުމުގެ ފުރުސަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފަވާއިރު ގުރުއަތު ނެގުން އޮންނާނީ ލައިވްކޮށް ކަމަށް ޕއްޒާ ކިޗަންގެ މެނޭޖްމަންޓުން މައުލޫމާތުދެއެވެ.
މިފުރުސަތު ހުޅުވާލައިފާ ވަނީ ދިވެހިންށެވެ. އެގޮތުން މި ޕޯސްޓަށް އެއް ފަހަރަށްވުރެ ގިނައިން ކޮމެންޓް ކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. ނަމަވެސް ތިން އެކުވެރިއަކު ޓެގު ކުރެވިފައިވާން ވާނެ ކަން ޔަގީން ކުރުމަށް ޕިއްޒާ ކިޗަންއިން އެދެއެވެ.
ޕިއްޒާ ކިޗަންއަށް ދެ އަހަރު ފުރިފަވާއިރު އެ ރެސްޓޯރަންޓުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް “ޕްލެޓިނަމް ޑިސްކައުންޓް” އެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

ޕިއްޒާ ކިޗަންއިން ޕްލެޓިނަމް ޑިސްކައުންޓްއެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައާރަފްކުރުމުގެ ބޭނުމަކީ ގޭތެރެއިން ނިކުމެ, މުޖުތަމައުތެރޭގައި ހަރަކާތްތެރި ބައެއްގެ ގޮތުގައި އުޅުމަށް ހިއްވަރުދިނުން ކަމުގައި ޕިއްޒާ ކިޗަންއިން ހާމަކުރެއެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ހުޅުލެއަށްވެސް ޕިއްޒާ ކިޗަންއިން ޑެލިވާރ ކުރަމުން އަންނަ އިރު، ރިސޯޓްތަކުގެ އޯޑަތަކަށް ލޯންޗައް ވެސް ޑެލިވަރީ ކުރުމުގެ ހިދުމަތް މިހާރުވެސް ޕިއްޒާ ކިޗަންއިން އަންނަނީ ދެމުންނެވެ.
މީގެ އިތުރުން، ޕިއްޒާ ކިޗަންއިން ޑައިން އިން ކުރައްވާ ފަރާތްތަކަށް އެކި ރަހަތަކުގެ މީރު ބުއިންތަށްވެސް ލިބެންހުންނާނެކަން ޕިއްޒާ ކިޗަން އިން ހާމަކުރެއެވެ.
އޯޑަރ ކުރަން ބޭނުން ފަރާތްތަކުން ޕިއްޒާ ކިޗަންގެ ނަންބަރު 3356565 ނަންބަރަށް ގުޅައިގެންވެސް ނުވަތަ 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.
ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6ވަނަ ގޯޅީގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ