- Advertisement -ad image

ވޯލްޑް ކަޕް ފެށުނުފަހުން 7000އަށްވުރެ ގިނަ ފްލައިޓް ގަތަރަށް ޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 7000 އަށްވުރެ ގިނަ ފްލައިޓް ގަތަރު އެއާޕޯޓުގައި އޮޕަރޭޓް ކޮށްފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

ވޯލްޑް ކަޕް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ވަނީ ގަތަރަށް ދަތުރު ކޮށްފަ އެވެ. އޭގެތެރޭގައި ޤައުމުތަކުގެ ވެރިންގެ އިތުރުން ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރިންވެސް ހިމެނެއެވެ.

ގަތަރުން ބުނެފައިވާ ގޮތުގައި ވޯލްޑް ކަޕްގެ ކުރިއަށް އޮތް ދުވަސްތަކާ އެއްކޮށް އެ ޤައުމުގައި 12،963 ފްލައިޓް އޮޕަރޭޓް ކުރާނެކަމަށް ލަފާކުރެވެ އެވެ.

ވޯލްޑް ކަޕް އާއި ގުޅިގެން އެއާ ފްރާންސް، ލުފްތަންސާ ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައްވެސް އިތުރުކޮށްފަ އެވެ. މިއާއެކު ހަމަދު އިންޓަރނޭޝަނަލް އެއާޕޯޓާއި،ދޮހާ އިންޓަރނޭޝަނަލް އޮތީ ކޮންމެ ގަޑިއިރަކަށް 100 ފްލައިޓް އޮޕަރޭޓް ކުރަން ތައްޔާރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ