- Advertisement -ad image

އިމްޕޯޓު އިތުރުވެ މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ދަށްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިމްޕޯޓު އިތުރުވި ނަމަވެސް މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ދަށްވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއިން 176 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 168 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 5 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައެވެ. މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.

ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ސިންގަޕޯ އަދި ޗައިނާއެވެ. އޮމާން އިން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 760 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 594 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޯ އިން 472 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 420 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކާއި، ކާބޯތަކެތީގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ