- Advertisement -ad image

ސަމާލުވޭ: މިރޭ 12އިން ފެށިގެން ޓެކްސް ބޮޑުވާނެ

ad image

ގުޅުންހުރި ލިޔުންތައް

މިރޭ 12 އިން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުވާތީ ވިޔަފާރިތަކުން އެކަމަށް ތައްޔާރުވެ، ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

މާދަމާ އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ، ޓީޖީއެސްޓީ ރޭޓް 16 އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް އަށް އިންސައްތަ އަށް ބަދަލުވާނެ އެވެ.

މިކަމާއި ގުޅިގެން މީރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނިގޮތުން، މާދަމާ ނުވަތަ އެ ތާރީހުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ މުއާމަލާތްތަކުން ޖީއެސްޓީ ނަގަންޖެހޭނީ އާ ރޭޓުތަކުގައި ކަމަށެވެ.

އެ ޝީޓުގައި ޓެކްސް ނަގާ މިންވަރު ބަދަލުވުމާގުޅިގެން ‘ކަޓް-އޯފް ވަގުތު’ ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފާނެ ކަމަށް މިރާއިން މައުލޫމާތުދެ އެވެ. އެގޮތުން 24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހެނީ ޖެނުއަރީ 1، 2023 ގައި އެ ވިޔަފާރިތަށް ހުޅުވާ ވަގުތުން ފެށިގެންނެވެ. ނަމަވެސް 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުން މިރޭ 12 އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހޭނެ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިރޭ 00:00 އިން ފެށިގެން މުދަލާއި ހިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީއެސްޓީގެ އާ ރޭޓު ހިމަނައިގެން ނެވެ. ނަމަވެސް، އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، މިރޭ 00:00 ގެ ފަހުން ނަގާނެ އަގާއި، މާދަމާ ނުވަތަ އޭގެ ފަހުން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެކަމަށް މީރާއިން ބުނެ އެވެ.

ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތަކަށް ވިޔަފާރިތަކާއި އާންމުން ހޭލުންތެރިކުރުމަށް މީރާއިން މާލެ އާއި އަތޮޅުތެރޭގައި ވަރަށް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ޓެކްސް ރޭޓަށް ގެނައި ބަދަލަށް ވިޔަފާރިތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ