- Advertisement -ad image

856 ރަންވޭ މޫވުމަންޓާއެކު އަނެއްކާވެސް ވީއައިއޭގެ އައު ރިކޯޑެއް

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭއިން އައު ރެކޯޑެއް އަނެއްކާވެސް ޤާއިމްކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބުނީ މިމަހުގެ 7ވަނަ ދުވަހު ގާއިމު ކުރި މިރިކޯޑަކީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ވީއައިއޭއިން ޤާއިމްކުރި ރަންވޭ މޫވްމަންޓް ރެކޯޑަށްވުރެ %275.4 އިތުރު އަދަދެއް ކަމަށެވެ.
އެގޮތުން އެ ދުވަހު ވަނީ 102 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 114 ދަތުރުގެ އިތުރުން، 35 ޖެނެރަލް އޭވިއޭޝަން އަދި 605 ސީޕްލޭން ދަތުރުކޮށްފައެވެ.
ރަންވޭ މޫވްމަންޓްގެ އަދަދު އިތުރުވެފައިވަނީ ސީޕްލޭން މޫވްމަންޓް އިތުރުވެފައިވާތީ ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.


ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒންގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުން ފެށިގެން މަރޗު މަހުގެ ނިޔަލަށެވެ. މިއަހަރުގެ ފުރަތަމަ ދިހަ ދުވަހު 42404 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ