- Advertisement -ad image

ޗައިނާ އިން ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާގެ ލޯކޮސްޓު އެއާރލައިން “ބެއިޖިންގ ކެޕިޓަލް އެއާރލައިން”ގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައި މިވަނީ ކޮވިޑް -19ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ 8 ވަނަ ދުވަހު އެ ޤައުމުގެ ސަރުކާރުން ލުއިދިނުމާ ގުޅިގެންނެވެ.

ޗައިނީސް ނިއުއިޔާއާއި ދިމާކޮށް ރާއްޖެއަށް މި ފެށި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް “ޖޭޑީ 455” ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން މެންދުރު 12:10ހާ އިރެވެ.

3 އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު އައި ކެޕިޓަލް އެއާރލައިންގެ ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ އަރުވާފައެވެ.

މި ދަތުރުތައް ރާއްޖެއަށް ކުރަނީ ބެއިޖިންގ ޑެކްސިން އިންޓަނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.

އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، ހަފްތާއަކު 4 ދަތުރުކުރު ރާއްޖެއަށް މި އެއާރލައިނުން ބާއްވާނެއެވެ.
1995 ވަނަ އަހަރު އޮޕަރޭޝަން ފެށި ބެއިޖިންގ ކެޕިޓަލް އެއާރލައިނަކީ ހައިނާން އެއާރލައިންގެ ސަބްސިޑަރީ އެއާރލައިނެކެވެ. “ކެޕިޓަލް އެއާރލައިން”ގެ ނަމުން މަޝްހޫރު މި އެއާރލައިންގެ ފުލީޓުގައި 86 މަތިންދާބޯޓު އޮވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ