- Advertisement -ad image

ހިރާސް ބަދިގެ: ޗިކަން ޝަވަރުމާ

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޗިކަން ޝަވަރުމާ
ޝަވަރުމާ ސީސަނިންއަށް
1 މޭޒުމަތީ ސަމުސާ ކިއުމިން ޕައުޑަރ
2 ސައިސަމުސާ ކޮރިއަންޑާ ޕައުޑަރ
1 މޭޒުމަތީ ސަމުސާ މުގުރި ކާފުރުތޮޅި
2 ސައިސަމުސާ މުގުރި މިރުސް
2 ސައިސަމުސާ ހުރިހާ ވައްތަރެއްގެ ހަވާދު މިކްސް
½ ސައިސަމުސާ މުގުރި ކަރަންފޫ
1 ސައިސަމުސާ މުގުރި ފޮނިތޮށި
1 ސައިސަމުސާ މުގުރި އަސޭމިރުސް
200ގ ކަށިނެތް ކުކުޅު ސީސަން ކޮށްލުމަށް
¾ ޖޯޑު ޔޯގަޓް
1 މޭޒުމަތީ ސަމުސާ ގާރލިކް ޕައުޑަރ
1 ސައިސަމުސާ ޖިންޖަރ ޕައުޑަރ
½ މޭޒުމަތީ ސަމުސާ މުގުރި މިރުސް
1 މޭޒުމަތީ ސަމުސާ ޝަވަރުމާ ސީޒަނިން މިކްސް
ރަހަލާ ވަރަށް ލޮނުކޮޅެއް
އިތުރަށް ބޭނުންވާ ތަކެތި:
½ ޖޯޑު ސަބުމެރިން ސޯސް
ފޮތި ޗީޒް
ޓޯޓިލާ ރެޕްސް
ފޮތިކޮށް ކޮށާފައި ހުރި ފިޔާ
ލެޓިއުސް
ފޮތިކޮށް ކޮށާފައިހުރި ކެބެޖް (ކެބެޖު ކޮޅު ކޮށާލުމަށްފަހު ފެންކޮޅަކަށް ލޮނުކޮޅެއް އަޅާ އޭގެ ތެރޭގައި ކެބެޖްކޮޅު އިރުކޮޅަކު ބަހައްޓާލުމަށްފަހު ފެންކޮޅު އުކާލާށެވެ.)
ހަދާނެ ގޮތް:
ކުކުޅު ކޮޅު ހަތަރު އިންޗިވާ ވަރަށް ދިގަށް ކޮށާލާށެވެ. ސީސަނިން މިކްސްކޮޅު އެއްކޮށްލުމަށްފަހު މެރިނޭޓް ކޮށްލަން 1 ގަޑި އިރުވަންދެން ބަހައްޓާލާށެވެ. ޓްރޭގައި ފޮއިލްކޮޅެއް އަޅާލުމަށްފަހު ފިޔާކޮޅު އަތުރާލާށެވެ. ދެން އޭގެ މަތީ ކުކުޅު މަސްކޮޅު ވެސް އަތުރާލާށެވެ. ދެން 200 ޑިގްރީގައި 30 ނުވަތަ 35 މިނެޓް ވަންދެން އަވަނުން ފިހެލާށެވެ.
ކުކުޅު ކޮޅު ފިހެވުމުން ކުދިކޮށް ކޮށާލާށެވެ. އެންމެ ފުރަތަމަ ޓޯޓިލާ ރެޕްގައި ލެޓިއުސްކޮޅު ބާއްވާލާށެވެ. ދެން ސަބުމެރިން ސޯސް، ކެބެޖް، ޝަވަރުމާ ޗިކަން، ފިޔާ އަދި ޗީޒު ފޮތި ބާއްވާށެވެ. ދެން މަޑު މަޑުން އޮޅާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ