- Advertisement -ad image

ހިޔާ ފްލެޓްތަކުގައި ގަވައިދާ ހިލާފު އެތައް ކަމެއް ކުރޭ، އެފަދަ ފަރާތްތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅާނަން: އެޗްޑީސީ

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓްތަކުގެ ވެރިން އެޗްޑީސީގެ އުސޫލުތަކާއި ގަވައިދުތަކާ ހިލާފު ގިނަ ކަންތައްތަކެއް ކުރާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި ޖޫރިމަނާކޮށް ފިޔަވަޅު އަޅަން އެޗްޑީސީން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ކުރި އިންސްޕެކްޝަން ތަކުގައި ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.


އެހެންކަމުން މިފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ވަނީ ޖޫރިމަނާ ކުރެވި، ފިޔަވަޅު އެޅިފައި ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އަދި މިހާރުވެސް މިކަމަށް ޙާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ޤަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެ ކަން އެކޯޕަރޭޝަނުން ހަނދާންކޮށްދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ