- Advertisement -ad image

މިމަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ ލައިސަންސްގައި ދުއްވޭނެ

ad image

ގުޅުންހުރި ލިޔުންތައް


އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސްގެ މުއްދަތު ހަމަވި ނަމަވެސް މިމަހުގެ ނިޔަލަށް ދުއްވޭ ގޮތަށް އަނެއްކާވެސް ހަމަޖައްސައިފިއެވެ. މިއީ މިމުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.
ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްދިނުން މެދުކަނޑާލީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެފަހަރު ވަނީ މުއްދަތު ހަމަވާ ލައިސަންސްތައް، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށެވެ.
ނަމަވެސް އެމުއްދަތު ފެބުރުއަރީގެ ނިއަލަށް އިތުރުކުރުމަށްފަހު އަނެއްކާވެސް މިވަނީ އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިމުއްދަތު އިތުރު ކުރީ އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއަރ ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނާތީ އާއްމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ