- Advertisement -ad image

ބިދޭސީ މަސައްކަތްތެރިންގެ އިހުތިޖާޖާ ގުޅިގެން އެޗްއާރުސީއެމުން އެތަނަށް ޒިޔާރަތްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިންގ ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭ.އެމް.ސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްއަށް ހިއުމަންރައިޓްސް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފިއެވެ.
އެޗްއާރުސީއެމުން ބުނީ ބިދޭސީ މަސައްކަތްތެރިންގެ ހުރި ޝަކުވާތައް އެ ކޮމިޝަނުންދަނީ ބަލަމުން ކަމަށެވެ.

އިހުތިޖާޖު ކުރި މަސައްކަތްތެރިން ބުނީ އެމީހުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ކެއުމުގެ ކަންކަންވެސް އޮންނަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާއިން ނެގި ލޯނުގެ ދަށުން ހިންގާ 2،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްކުރާ މަސައްކަތްތެރިން މީގެ ކުރިންވެސްވަނީ އިހުތިޖާޖަށް ނިކުމެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ